ފޮޓޯ އިން ތިޔަ ފެންނަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސްކަމަށް ވަޑައިގަންނަވާނެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގަންނަވާނެ ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ އެއްގޮތް ކަމެއް ފެންނަން އެބަހުރި ނޫންތޯ އެވެ؟ ހަމަ ޔަގީނުން ވެސް ދެ ބޭފުޅުންގެ ދެ އަތް އެ ފެންނަނީ އެއްގޮތަކަށެވެ. އެއްވެސް ބަދަލެއް ފެންނާކަށް ނެތެވެ. އާއިލީ ލޭ ނުހިނގި ކަމުގައި ވިޔަސް، އަބްދުއްރަހީމާއި ނާޒިމަކީ "ރަހްމަތްތެރިކަމުގެ ލޭ" ހިނގާ ދެ ބޭފުޅުންނެވެ. ސިޔާސީ މައިދާނުގައި ބޮޑެތި ތަޖުރިބާތަކެއް ލިބިވަޑައިގެންފައި ހުންނެވި އަބްދުއްރަހީމާއި ނާޒިމަކީ ޒަމާންވީ ދެ ގާތް…